ޚަބަރު

އުތުރުގެ އަތޮޅުތަކަށް ވައިޓް އެލަރޓް، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ


  • އެލަރޓް ނެރެފައިވަނީ ހއ.ން ޅ.އަތޮޅާ ހަމައަށް

  • މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ރަނގަޅު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަށެވެ. މިއެލަރޓް ނެރެފައިވަނީ މިރޭގެ 20:00އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މި ސަރަޙައްދުތައް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އުތުރަށް ކެރީގެ އަސަރުކުރިނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެއެވެ. އާއްމުގޮތެއްގައި ވައި ޖެހޭނީ 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ކަނޑުތައްވެސް އާދައިގެވަރަކަށް މަޑުވާނެއެވެ.