ޚަބަރު

ތެލަސީމިއާ ކުދިންނަށް ޚިދުމަތް ފަސޭހަކުރުމަށް ބްލަޑް ސަރވިސަސްގެ ހޮޓްލައިނެއް


  • ހޮޓްލައިން ނަންބަރަކީ 7333645

  • މި ނަންބަރަށް ވައިބަރ އަދި ވަޓްސް އެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ސާފުކުރެވޭނެ

މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފިއެވެ.

ތެލަސީމިއާ ކުދިންނާއި މީހުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވީ ހޮޓްލައިނެއް ތަޢާރަފްކުރީ، އެ އިދާރާގެ ޚިދުމަތް ހޯދައްވާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ ކުރުމުގެ މަޤުސަދުގައިކަމަށެވެ. އެ ހޮޓްލައިން ނަންބަރަކީ 7333645 އެެވެ.

އެ އިދާރާ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ނަންބަރު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި ނަންބަރަށް ވައިބަރ އަދި ވަޓްސް އެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ސާފުކުރެވޭނެގޮތް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވިއެވެ.

މިއާއެކު ތެލަސީމިއާ ކުދިންނާއި މީހުންނަށް ޚިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބޭނެކަމަށްވެސް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން ވިދާޅުވިއެވެ.

..

ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ކުދިންނަށް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމު އަދި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.