ވެސްޓް ހޭމް ޔުނައިޓެޑްގެ މިޑްފީލްޑަރ މުހައްމަދު ކުޑުސް ހޯދުމަށް ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރ އިން 55 މިލިއަން ޕައުންޑުގެ ފީއަކަށް އެއްބަސްވެއްޖެ އެވެ.
ގާނާ އަށް އުފަން މުހައްމަދު ކުޑޫސް ހޯދުމަށް މީގެ ކުރިން ޓޮޓްނަމް ހޮޓްސްޕަރ އިން ހުށައެޅި 50 މިލިއަން ޕައުންޑުގެ ހުށައެޅުމަކަށް ވެސްޓް ހޭމް އިން ނޫނެކޭ ބުނި ކަމަށް މީގެ ކުރިން މީޑިޔާގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.
ނަމަވެސް 55 މިލިއަން ޕައުންޑުގެ ހުށައެޅުމާއިއެކު ކުޑޫސް ވިއްކާލުމަށް ޓޮޓްނަމް ހޮޓްސްޕަރ އިން އެއްބަސްވުމާއިއެކު އޭނާގެ މެޑިކަން ވަރަށް އަވަހަށް ހަދާނެކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
2023 ވަނަ އަހަރު 38 މިލިއަން ޕައުންޑުގެ ފީއަކަށް އަޔަކްސް އިން ވެސްޓް ހޭމް ޔުނައިޓެޑާއި ގުޅުނު ކުޑޫސް އާއި އެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އޭނާ ވިއްކާލުމަށް ކަނޑައަޅާފައިވާ ފީ އަކީ 85 މިލިއަން ޕައުންޑެވެ.
ކުޑޫސް ވަނީ ވެސްޓް ހޭމް ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތަކުގައި އެ ކްލަބަށް ކުޅުނު 65 މެޗުގައި 13 ލަނޑު ޖަހާފަ އެވެ.
އުމުރުން 24 އަހަރުގެ ކުޑޫސް ހޯދުމަށް ހަ ކްލަބަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.