މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ކާލޯސް އަލްކަރާޒް އާއި ޔަނިކް ސިނާ ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި އިޓަލީގެ ޔަނިކް ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ސާރބިޔާގެ ނޯވަކް ޖޮކޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. ސެމީ ފައިނަލް މެޗުގެ ސެޓުތައް ސިނާ ގެންގޮސްފައިވަނީ ހައެއް ތިނެއް, ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.
ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ސިނާ ހޯދާފައިވާއިރު މިއީ އޭނާ މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އުމުރުން 38 އަހަރުގެ ޖޮކޮވިޗް އޭނާގެ 25 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމަށް މި މުބާރާތާއި ކުރިމަތިލީއިރު, ސެމީ ފައިނަލް މެޗަށްފަހު ބުނެފައިވަނީ އޭނާ އާއި އަޅާ ބަލާއިރު އެހެން ކުޅުންތެރިންނަކީ ޒުވާން އަދި ފިޓު ކުޅުންތެރިންތަކެއް ކަމަށެވެ.
"މި ކުޅުންތެރިންނަކީ ޒުވާން އަދި ފިޓު ކުޅުންތެރިންތަކެއް. އަހަރެންނަށް ގަބޫލުކުރެވުނީ މި މެޗަށް ނިކުމެ ހުރެވުނީ އެއްކޮށް ތައްޔާރުނުވެ ހުރި ކަމުގެ އިހުސާސު ކުރެވެނީ." ޖޮކޮވިޗް ބުންޏެވެ.
މި މުބާރާތުގައި ފައިނަލުގައި ސިނާ އާއި ދެކޮޅަށް ނިކުންނަނީ ސްޕެއިން ކާލޯސް އަލްކަރާޒް ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ ޓޭލަރ ފްރިޓްޒްއާ ދެކޮޅަށް ކުޅުނު މެޗު ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ސިނާ އާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން އަލްކަރާޒް މި މުބާރާތުގެ ފައިނަލަށް ނިކުންނައިރު މީގެ ފަސް ހަފްތާ ކުރިން މި ދެ ކުޅުންތެރިން ވަނީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ކުޅެފަ އެވެ. އަދި ސިނާ ބަލިކޮށް އަލްކަރާޒް ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
އެހެންކަމުން މިއީ ފްރެންޗް އޯޕަންގެ ބަދަލު ހިފަން ސިނާއަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.