ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 2 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯގައި އެ ތަނަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ 94 ވަނަ ފުލެޓްގެ 2 ވަނަ ފަންގިފިލާގެ 3 ވަނަ އެޕާޓްމަންޓުގައިކަމަށެވެ. އަދި 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
...ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލްކޮށްފި. pic.twitter.com/vKn4Xu4VDh
— Maldives National Defence Force (@MNDF_Official) July 13, 2025
އަލިފާން ރޯވަން ދިމާވި ސަބަބު އަދި އެނގިފާ ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ ހުޅުމާލޭ ފޭސް 1 ގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.