ޚަބަރު

ދަރިވަރުންގެ ވޯލްޑް ކަޕް އިފުތިތާހުކުރުމަށް ޚާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު


އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ދަރިވަރުންގެ ވޯލްޑް ކަޕް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ބައިވެރިވެވަޑައިގެންފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވާ ކުޅިވަރު ވަޒީރު ވަނީ ހާއްސަ މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި ދަރިވަރުންގެ ވޯލްޑަކަޕާއި ގުޅޭ ހާއްސަ ކެޓަލޮގެއްވެސް އިފްތިތާހްކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރު ވަޒީރު ވަނީ ކުޅިވަރުގެ ބާރުގައި ދުނިޔޭގެ ދަރިވަރުން ޝައުގުވެރިކުރުވާ އެއްބައިވަންތަ ކުރުވާ ގޮތަށް ތައްޔާރުކޮށްފައިވާ މި ބައިނަލްއަގްވާމީ އިންގިލާބީ ހަރަކާތަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ސްޑޫޓެންޓް ވޯލްޑްކަޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ މަތީ ފަންތީގެ ސަތޭކައެއްހާ އެތުލީޓުން ބައިވެރިވިއެވެ. އޭގެތެރޭގައި އިންޑިއާގައި ގައުމީ ފެންވަރުގައި ދޭ ޕަދްމާ ޝްރީ އާއި ޕަދަމާ ބުޝާންއާއި އަރްޖުނާ އެވޯޑް ހޯދާފައިވާ އެތުލީޓުންނާއި އޮލިމްޕިއަނުން ވަނީ ޒުވާން އެތުލީޓުން އެއްބައިވަންތަކުރުވާ އެކި ކުޅިވަރުތަކުގައި މަތީ ފަންތީގެ އެތުލީޓުން ހޯދާފައިވާ ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.

ކޮމަންވެލްތާއި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުމާއެކު އިފްތިތާހުކުރި ދަރިވަރުންގެ ވޯލްޑްކަޕަކީ ދުނިޔޭގެ ވިހި ހާހެއްހާ ދަރިވަރުން އެއްތަންކޮށްގެން ކުޅިވަރުގެ ބޮޑު ހަރަކާތެއް ބޭއްވުމުގެ އަމާޒުގައި އިންތިޒާމުކުރާ ހަރަކާތެކެވެ.