ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަންއިން މިއަދު އުމްރާ ދަތުރުތައް ފަށާފައިވާއިރު، މި ދަތުރުތަކުގައި އުމްރާއަށް ދާނީ ހައްޖު ކޯޕަރޭޝަނާއި ދަ ޓްރެވެލަރ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ މީހުންނެވެ.
މޯލްޑިވިއަންއިން ވިދާޅުވީ މިމަހު 750 އަށް ވުރެ ގިނަ ޢުމްރާވެރިން އެ އެއަރލައިނުން އުމްރާއަށް ގެންދާނެކަމަށެވެ. އެ އެއަރލައިނުން ވިދާޅުވީ ޢުމްރާ ދަތުރުތައް ފެށީ ގިނަ އަދަދެއްގެ ޢުމްރާ ކުންފުނިތަކަކުން ޢުމްރާ ދަތުރުކޮށްދޭން އެދެމުންކަމަށެވެ.
...Today, we mark the launch of our first-ever direct Umrah flights to Jeddah, in partnership with @Hajjcorporation and The Traveller.
— MaldivianAero (@MaldivianAero) July 22, 2025
While over 750 pilgrims are to set embark on this journey this July, we as the national airline of Maldives are committed to making this sacred… pic.twitter.com/taeVZTZCKM
މޯލްޑިވިއަންއިން ބާއްވާ އުމްރާ ދަތުރުތައް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހާއި 27 ވަނަ ދުވަހުއެވެ.
މޯލްޑިވިއަންއިން ޢުމްރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓުކަމަށް އެ އެއަރލައިނުން ވިދާޅުވެއެވެ.
މޯލްޑިވިއަނުން އުމްރާ ދަތުރުތައް ފަށާފައިވާއިރު، މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ސައުދީއަށް ގެންދިއުމަށްވެސް އެ އެއަރލައިނުން ވަނީ ދަތުުރުތައް ބާއްވާފައެވެ.