ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެމްޕިއަންސް ލީގުގެ ބްރޯންޒް މެޗު 3-1 ކުން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ.
މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ނޭޕާލު ޓީމުން ނިކުތީ ލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެކޮޅަށެވެ.
މި މެޗުގެ ފުރަތަމަ ސެޓު ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 25-20 ންނެވެ. ދެވަނަ ސެޓު 25-15 ކާމިޔާބުކުރީ ހެލްޕް ނެޕާލް ސްޕޯޓްސް ކުލަބުންނެވެ. ތިންވަނަ ސެޓު 25-20 ކަމިޔާބުކުރީ ލަންކާ ޕޯސްޓް އޮތޯރިޓީންނެވެ. އެހެންނަމަވެސް ހަތަރުވަނަ ސެޓު 25-21 ން ކާމިޔާބުކުރީ ނޭޕާލު ޓީމުންނެވެ.
މި މުބާރާތުގައި ނޭޕާލު ކުޅުނު ލީގުބުރުގެ ފަހު މެޗުގައިވެސް ވަނީ ލަންކާ ބަލިކޮށްފައެވެ.
ނޭޕާލްގެ ކޯޗު ބުނީ މުބާރާތަށް ނިކުތީ ފައިނަލްގެ ޖާގައަކަށް އުންމީދު ކޮށްގެން ކަމަށާއި އެހެންނަމަވެސް ތިން ވަނައިގައި މުބާރާތް ނިންމާލަން ޖެހުނީ ކަމަަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި މުބާރާތުގެ ތަޖްރިބާއިން ކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.