އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ ހޮސްޕިޓަލްގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި އޯޕީޑީ ވޯކްވޭ ސަރަހައްދު އެއްކޮށް، ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އޯޕީޑީ ވޯކްވޭ ސަރަހައްދު ބަންދުކުރާތީ މިރޭ 9:00 އިން ޖުލައި 26 ވާ ހޮނިހިރު ދުވަހުގެ ދަންވަރު 3:00 އާ ހަމައަށް ގެންނަ ބަދަލުތައް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
މި ހޮސްޕިޓަލުގެ އޯޕީޑީ ގޭޓް ވަގުތީގޮތުން ބަންދުކުރުމާ ގުޅޭ pic.twitter.com/7XJoJOpzcf
— IGMH (@igmhmv) July 23, 2025
އެގޮތުން އައިޖީއެމްއެޗްގެ ގޭޓް 1 އާންމުންނަށް ބަންދުކުރާއިރު ހޮސްޕިޓަލަށް ވަނުމަށް ބޭނުން ކުރާނީ އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރި ގޭޓް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި ޑައިލިސިސް ސެންޓަރަށް އަންނަ މީހުން އެމްއާރްއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުންކުރުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.
އައިޖީއެމްއެޗްއިން ވިދާޅުވީ، ސްޓްރޯކް ސެންޓަރު އީއެންޓީ ވޯޑްގެ އެޗްޑީޔޫއަށް ބަދަލުކޮށްފައިވާކަމަށެވެ.
އައިޖީއެމްއެޗްއިން އަންނަނީ އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ބައެއް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގައި މިމަހުގެ 27ދުވަހު އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.