ޚަބަރު

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ފެތުންތެރިން ސިންގަޕޫރަށް


ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް 2025 ގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި ގައުމީ ފެތުންތެރިންގެ ޓީމު ސިންގަޕޫރަށް ދަތުރު ފަށައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހި ފެތުންތެރިން ވާދަކުރާ ފެތުމުގެ އިވެންޓްތައް ކުރިއަށްދާނީ ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ. މި ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ހުނަރުވެރި ފެތުންތެރިންނަކީ އަމްނާ ތަޒްކިޔާ މިރުޞާދު، އާން ހުސައިން، މުޙައްމަދު ރިހާން ޝިހާމް އަދި މިރާލް ޢައިން ލަޠީފެވެ.