ޚަބަރު

މިނިވަންދުވަހުގެ ހަރަކާތްތަކާ ގުޅިގެން އާދިއްތަ ދުވަހު ގޭބިސީތަކުން ކުނި ނަގާ ގަޑިއަށް ބަދަލު


  • 27 ޖުލައިވާ އާދިއްތަ ދުވަހު ކުނިނަގާނީ މެންދުރު ފަހު 02:00 އިން އިރުއޮއްސި 06:00 އަށް

މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާދަމާ ގޭގެއިން ކުނި ނަގާ ގަޑި ބަދަލުވެފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ހާމަކުރައްވައިފިއެވެ.

ވެމްކޯއިން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޖުލައި 27 ވާ އާދިއްތަ ދުވަހު ގޭގެއިން ކުނި ނަގާނީ މެންދުރު ފަހު 02:00 އިން އިރުއޮއްސި 06:00 އަށް ކަމަށެވެ.

ވެމްކޯއިންވަނީ މިބަދަލާ ގުޅިގެން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ވެމްކޯއިންވަނީ ފާހަގަކުރައްވާފައެވެ.