ޚަބަރު

ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އާން އައުކޮށްފި


ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އާން މި ރިކޯޑު އައުކޮށްފައިވަނީ 53.80 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް އާންއެވެ. އެއީ މިދިޔަ އަހަރު ބޭއްވި 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 54.46 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.