ޚަބަރު

ތުޅާދޫ ހޭންޑްބޯޅަ ކޯޓާއި ފުޓްސަލް ދަނޑުގެ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް


އަންހެނުންނަށް ވަރަށް ހާއްސަ ކުޅިވަރެއްގެ ގޮތުގައި ފާހަގަކުރެވޭ ހޭންޑް ބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ތުޅާދޫގައި ފައްޓަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ތުޅާދޫގެ ރައްޔިތުން ހޭންޑް ބޯޅަ ކޯޓަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭކަމެއްކަމަށެވެ.

”ކުޅިވަރު ދާއިރާއިން އަޅުގަނޑު ފާހަގަކޮށްލަން އިރަަދުކުރެއްވިއްޔާ އަންހެން ބޭފުޅުންނަށއ ވަރަަސް ހާއްސަ ކުޅިވަރެއްގޮތުގައި ފާހަގަ ކުރެވޭ އަދި މިރަށުގެ އަންހެން ބޭފުޅުން ވަރަށް ބޮޑަށް އެދޭކަމެއް ހޭންޑްބޯލް ކޯޓު އެޅުން. އެ މަޝްރޫއު އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން ވަރަށް އަވަހަށް“ ރައީސް ވިދާޅުވިއެވެ.

ހޭންޑްބޯޅަ ކޯޓުގެ އިތުރުން ބޮޑު ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތްވެސް ތުޅާދޫގައި މިއަހަރުތެރޭގައި ފައްޓަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތުޅާދޫގައި މިހާރު އޮތް ފުޓްސަލް ދަނޑުގެ ބަދަލުގައި އެރަށުގައި އަޅާދެއްވާނީ ސައިޒު ބޮޑު އައު ދަނޑެއް ކަމަަށެވެ.