ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫއު ހިމަނަނީ


މިއަންނަ އަހަރުގެ ބަޖެޓުގައި ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫއު ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އއ މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައިއެވެ.

މަތިވެރީގައި ކުރިޔަަށް އޮތް ދެ މަސް ދުވަހުގެތެރޭގައި ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އިރާދުކުރެއްވިއްޔާ އެ މަޝްރޫއު ދާދި އަވަހަށް އަަލުގަނޑުމެން ކުންފުންޏަކާއި ހަވާލުކޮށް ކުރިޔަށް އޮތް އެންމެ ގިނަވެގެންވެސް ދެ މަސްތެރޭގައި އަޅުގަނޑުމެންނަށް މަސައްކަތް ފެށޭނެ” ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުޅިވަރުގެ ދާއިރާއިން އެރަށުގައިވެސް އައުޓްޑޯ ޖިމްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.