ލޯންގްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު އިޒްޔާން ނާޒިމް މުގުރާލައިފިއެވެ.
ރޮމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އިޒްޔާން މި ރިކޯޑު މުގުރާލީ ދެ މިނެޓު 45.21 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އަައުކޮށްފައިވަނީ އިފްޒާލް އިބްރާހީމް މަޙްފޫޒެވެ. ފިލިޕީންސްގެ ނިއު ކްލަރކް ސިޓީގައި މިދިޔަ އަހަރު ބޭއްވި 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި އިފްޒާލް މި ރިކޯޑު އަައުކޮށްފައިވަނީ ދެ މިނެޓު 45.81 ސިކުންތުން ރޭސް ނިންމައިގެންނެވެ.