ޚަބަރު

ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މިރާލް އައުކޮށްފި


އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މިރާލް އައިން ލަތީފް އައުކޮށްފިއެވެ.

ރޮމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް މިރާލް މި ރިކޯޑު އައުކޮށްފައިވަނީ ދެ މިނެޓު 42.46 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އަައުކޮށްފައިވަނީވެސް މިރާލްއެވެ. އެއީ މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ދެ މިނެޓު 44.34 ސިކުންތުން ރޭސް ނިންމައިގެންނެވެ.