މާލެ މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަގުތަކަކީ ރައްޔިތުންނަށް ބޭނުންކުރުމަށް ރައްކާތެރިތަނަކަށް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެއެވެ. އެގޮތުން މާލޭގޭ ކާރުބާރު ބޮޑު އެއްމަގުކަމުގައިވާ އަމީނީމަގު ތާރުއަޅައި ޒަމާނީ ފެންވަރަށް ވަނީ ތަރަޢްގީކޮށްފައެވެ. ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވަނީ މާލޭ އުތުރު ފަރާތު ބޭރުމަގު ޖާގަ ތަނަވަސްކޮށް، ތަރައްޤީ ކުރުމަށެވެ.
މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ ޢިއްޒުއްދިން ފާލަން ހިމެނޭ ބޭރު މަގުގެ އުތުރުފަރާތު މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭނު ހިމެނޭހެން އެންމެޒަމާނީ ފެންވަރަށް މިއަހަރު ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިއަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
މާލޭ އުތުރު ފަރާތު ބޭރު މަގަކީ ސަރުކާރާއި އާންމު ފަރާތްތަކުގެ މުހިއްމު ގިނަ އޮފީސްތަކާއި، ބޭންކުތަކާއި ފިހާރަތަކުގެ އިތުރުން މާލެއަށް ލަފާފުރުމުގައި މުހިއްމު ސަރަޙައްދެއްކަމުން އެއީ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. މާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން މާލޭގައި ހުންނަ އެމްޓީސީސީ ހެންވޭރު ފެރީ ޓަރމިނަލްއާއި ހަމައަށް ވަނީ ތާރު އަޅާފައެވެ. އެ މަސައްކަތް ކޮށްފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާ ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރުއެވެ. ބަކީ އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އިއުލާންކުރައްވާ މިއަހަރުގެ އޭޕްރީލްމަހު 9 ވަނަ ދުވަހު އެމްޓީސީސީއާއި ވަނީ ހަވާލުކުރައްވާފައެވެ.
މި މަސައްކަތުގެ ޢަމަލީ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ. މަސައްކަތް ކުރުމައްޓަކައި އިއްޒުއްދީން ފާލަމުން ފެށިގެން ލޯކަލް މާރުކާޓާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ. އަދި އެސަރަހައްދަށް އަތޮޅު ތަކުން އަންނަ ފެރީތައްވެސް ވަނީ އިތުރު ދެ ސަރަހައްދަކަށް މަޑުކުރާގޮތަށް އނިްތިޒާމުތައް ހަމަޖައްސާފައެވެ.
ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްޤީކުރުމުގެ މަސައްކަތް ކުރާނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެއެވެ. މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް
ޤާއިމުކުރަން ވަނީ ހަމަޖެހިފައެވެ. ޑްރޭއިނޭޖް ސަރވިސް ލައިން އެޅުމާއ،ި މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެއެވެ.
ބޮޑުތަކުރުފާނު މަގުގެ އެމްޕީއެލްއިން ފެށިގެން ލޯކަލް މާރުކޭޓާއި ހަމައަށް އޮންނަ ސަރަހައްދަކީ ކާރޫބާރު ބޮޑު ސަރަހައްދެއްއެވެ. ޓްރެޕިކް ބޮޑުވެ ހިނގާބިނގާވެ އުޅުމަށްވެސް އުދަނގޫވާފަހަރުއާދެވެ. ޙާއްސަކޮށް އެއްޤަމު އުޅަނދުގައި އެސަރަހައްދުން ދިޔުމަށް ގިނަ ވަގުތަކެއް ހޭދަވެއެވެ. އެހެންނަމަވެސް މަގު ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދިއުމުން، އެ ސަރަހައްދުގެ ޓްރެފިކް ހައްލުވެ ފަސޭހަކަމާއެކު އުޅަނދު ފަހަރަށް ދުއްވޭނެމަގު ފަހިވެގެންދާނެއެވެ.
މިއީ މާލޭގެ މަލަމަތި ޗާލުވެ މަގު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ރައްކާތެރިކަމަށް ވެގެންދާނެއެވެ. ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްޤީވެގެން ދިއުމާއެކު މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ބަދަލުކޮށް، އެ ސަރަހައްދުގެ ކަނޑުތޮށި ބޭރަށް ޖެއްސުމުގެ މަސަައްކަތާ އެކު، ލޭންޑްސްކޭޕިން އަށް އިތުރު ބަދަލުތަކެއް ގެންނަން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ޖުމްހޫރީ މައިދާން އަލުން ތަރައްގީ ކުރުމުގެ މަސައްކަތްވެސް ހިމެނެވެ.