ޚަބަރު

އިލާން އާއި ރާއިދު ހިމަނާ ސީނިއާ ގަައުމީ ޓީމުގެ ސްކޮޑް އިއުލާނުކޮށްފި


ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަ ކަޕަށް ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގައި ޒުވާން ޓީމުގެ ދެކުޅުންތެރިންކަމަށްވާ ހަސަން ރާއިދު އާއި މުހައްމަދު އިލާން އިމްރާން ހިމަނައިފިއެވެ.

ސެޕްޓެމްބަރު 4-10 އަކަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ފުޓްބޯޅަ މުބާރާތަށް ދިއުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ސީނިއާ ފިރިހެން ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަށް ނަގާފައިވާ ކުޅުންތެރިންގެ ލިސްޓު އިއުލާނުކޮށްފައިވާއިރު އަލަށް ހިމެނި ދެ ކުޅުންތެރިންގެ ތެރެއިން އިލާން އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިއެކެވެ. އިލާން އާއި ރާއިދަކީ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ހިމެނޭ ހުނަރުވެރި ދެ ކުޅުންތެރިންނެވެ.

ލަންކާގައި ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާނީ 29 އޮގަސްޓްވާ ހުކުރުދުވަހު ރޭ ގަލޮޅު ދަނޑުގައި ކަމަށް އެފްއޭއެމްއިން ބުނެއެވެ.

ލަންކާ މުބާރާތަށް ގައުމީ ޓީމު ތައްޔާރުވާނީ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް އަލަށް ހަމަޖައްސާފައިވާ މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ.

ގައުމީ ޓީމުގެ އައު ސްކޮޑްގައި ހިމެނޭ ކުޅުންތެރިން

  • މުހައްމަދު ފައިސަލް - ބުރު ސްޕޯޓްސް ކުލަބު
  • ސަމޫހް އަލީ - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހުސެއިން ސިފާއު ޔޫސުފް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • މުހައްމަދު އިރުފާން
  • އަލީ ފާސިރު
  • އިބްރާހިމް އައިސަމް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ނާއިޒު ހަސަން - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަމްޒާ މުހައްމަދު - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ރާއިފް އަހުމަދު
  • ހައިޝަމް ހަސަން - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އަހްމަދު އައިހަމް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ނަޒީމް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އިޔަން އަބްދުލް އަލީމް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ޝިފާޒް - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • އިބްރާހިމް އުސާމާ ހަސަން މަޖީދު - ބުރު ސްޕޯޓްސް ކުލަބު
  • ހަސަން އީނާޒް - ޓީސީ ސްޕޯޓްސް ކުލަބު
  • އިބްރާހިމް މަހުދީ ހަސަން - ކުލަބު އީގަލްސް
  • ހުސެއިން ނިހާން - އޮޑި ސްޕޯޓްސް ކުލަބު
  • މުހައްމަދު ނާއިމް - ބުރު ސްޕޯޓްސް ކުލަބު
  • އަހުމަދު ރިޒްވާން - ކުލަބު އީގަލްސް
  • އަހުމަދު އައިހަމް - އޮޑި ސްޕޯޓްސް ކުލަބު
  • ހައިޝަމް ސަލީމް - ކުލަބު އީގަލްސް
  • މުހައްމަދު ޔާމީން - ވިކްޓްރީ ސްޕޯޓްސް ކުލަބު
  • އަހުޒަމް ރަޝީދު - އޮޑި ސްޕޯޓްސް ކުލަބު
  • މުހައްމަދު އިލާން އިމްރާން - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ހަސަން ރާއިދް