ޚަބަރު

އައިޓީއެފް ޖޭ30 ޓެނިސް މުބާރާތް: އާރާ ސެމީއަށް ނަބާ ކުއާޓަރއަށް

މިހާރު ކުރިޔަށްދާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން ޖޭ30 ގައި ވާދަކުރާ ރާއްޖޭގެ ނަބާ ނިޝާން އާއި އާރާ އާސަލް އާޒިމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ޑަބަލްސް އިވެންޓުން އާރާ އާއި ތައިލޭންޑްގެ ޓަރީޓާގެ ޕެއާވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. އާރާ އާއި ޓަރީޓާ ސެމީ ފައިނަލަށް ނިކުންނާނީ މާދަމާ މެންދުރު ފަހުއެވެ.

ނަބާ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދީ މިއަދު ރަޝިޔާގެ އެނާ ސްޓެޕަންޔަންޓްސް 2-1 ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-3 އަދި 1-3 ކުންނެވެ.

މިމުބާރާގުގައި ވާދަކުރާ ރާއްޖޭގެ އިތުބާރު ޓެނިސް ކުޅުންތެރިޔާ އާރާ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދީ ޗައިނާގެ މެންގްސީ ސުން އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް އާރާ ގެންދިޔައީ 6-3،6-2 ންނެވެ.

މާދަމާ ކުއާޓަރ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު ހެނދުނު 10:30 ގައި އާރާ ނިކުންނާނީ ކަޒަކިސްތާނުގެ ޓަމާރާ އެރްމަކޯވާ އާއި ދެކޮޅަށެވެ.

ހަމަ އެއްގަޑީގައި ކުއާޓަަރ ފައިނަލަށް ނަބާ ނިކުންނާނީ ފްރާންސްގެ ޝާލޮޓް ޕަރކްސް އާއި ދެކޮޅަށެވެ.

ނަބާ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދީ މިއަދު ރަޝިޔާގެ އެނާ ސްޓެޕަންޔަންޓްސް 2-1 ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-3 އަދި 1-3 ކުންނެވެ.

މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ އިތުބާރު ޓެނިސް ކުޅުންތެރިޔާ އާރާ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދީ ޗައިނާގެ މެންގްސީ ސުން އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް އާރާ ގެންދިޔައީ 6-3،6-2 ންނެވެ.