ޚަބަރު

ކުޅުދުއްފުށީ ސިޓީގައި ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ބްރޮޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް


ސެޕްޓެމްބަރު 18 ގައި ކުޅުދުއްފުށީ ސިޓީގައި ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ މިޑިއާ ޕަޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ.

ކުޅުދުއްފުށީގައި ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ އިންޑިއާ، ދެކުނު އެފްރިކާ، ސްރީލަންކާ، ޕާކިސްތާން އަދި ދިވެހިރާއްޖެއެވެ.

މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ބީޗް ހެންޑްބޯޅަ މުބާރާތެވެ.

މި މުބާރާތަށް ކުޅުދުއްފުށި ސިޓީ ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު ހޭންޑްބޯލް މޯލްޑިވްސްއިން އަންނަނީ މުބާރާތް އޮމާންކަމާއެކު ކުރިޔަށް ގެންދިއުމަށް އޮލިމްޕިކް ކޮމިޓީއާއި ކުޅިވަރު ވުޒާރާގެ އެހީތެރިކަން ހޯދަމުންނެވެ.

‎މި މުބާރާތުގެ ސްޕޮންސަރުންނާ ޕާޓްނަރުންނާއި އެކު މިއަދު ވަނީ ސޮއި ކޮށްފައެވެ.

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިލޯ، ކުޅިވަރު ވުޒަާރާ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލެވެ.

ކޯ ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާއިރު އޮފިޝަލް ބްރޮޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމްއެވެ. މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. އޮޕަރޭޝަނަލް އެންޑް ލޮޖިސްޓިކްސް ޕާޓްނަރަކީ އެމްޕީއެލްއެވެ. ވެނިއު މެއިޓަނަންސް ޕާޓްނަރަކީ ވެމްކޯއެވެ. އިވެންޓް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސްއެވެ. ފްލޯރަލް ޕާޓްނަރަކީ ގޯބިގްއެވެ. އަދި ހޯސްޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އެމްއެސްޒެޑްއެވެ.