ޚަބަރު

ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް އަޝްރަފް


ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ކުރިންވެސް އެމަޤާމުގައި ހުންނެވި އަޝްރަފީ ޢަލީ ހޮއްވަވައިފިއެވެ.

އެކެޑަމީގެ ނައިބް ރައީސްގެ މަގާމަށް ހޮއްވާފައިވަނީ އެ މާގާމުގައި މިހާތަނަށްވެސް ހުންނެވި ރާފިޢާ ޢަބްދުލް ޤާދިރެވެ. މި ދެބޭފުޅުން އެ މަޤާމަށް ހޮއްވާފައިވަނީ އެކަޑަމީގެ ބޯޑް މެމްބަރުންގެ އިއްތިފާޤުންނެވެ.

އަޝްރަފް ޢަލީއާއި ރާފިޢާ ޢަބްދުލް ޤާދިރު ހިމެނޭގޮތަށް މި މަހުގެ 8 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ  ދިވެހި ބަހުގެ އެކެޑަމީއަށް އިތުރު ދެ މެންބަރުން ޢައްޔަންކުރައްވާފައެވެ. އާ ދައުރަކަށް ޢައްޔަންކުރެއްވި ދެ މެންބަރުންނަކީ މ.ޑައިމަންޑް ވެލީ މުޙައްމަދު ޝާހިދު ޙަލީމާއި، ހ. ފޮއްދޫގެ މުޙައްމަދު ނަޝީދެވެ.

ދިވެހި ބަހުގެ އެކެޑަމީއަށް މެންބަރުން ޢައްޔަނުކުރެއްވީ ބޯޑުގައި މިހާރު ތިއްބެވި 5 މެންބަރުންގެ ތެރެއިން އެއް މެންބަރެއް ފިޔަވައި އެހެން މެންބަރުންގެ ދައުރު ހަމަވުމުންނެވެ.

ދައުރު ހަމަނުވެ ދިވެހި ބަހުގެ އެކެޑަމީގެ ބޯރޑްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޢަބްދުއް ރަޝީދު ޙުސައިންގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ތެރޭގައެވެ.