ދަ ބެޑްމިންޓަން ކުލަބުން އިންތިޒާމްކޮއްގެން ބޭއްވި "މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ އޯޕަން ކެޓެގަރީގެ ޗެމްޕިއަކަން ނިބާލް އަޙްމަދުގެ އިތުރުން އައިމިނަތު ނަބީހާ ރައްޒާގު ހޯދައިފިއެވެ.
އޯޕަން ކެޓަފގަރީގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ނިބާލް ހޯދިއިރު ފިރިހެން ޑަބަލްސްގެ ކާމިޔާބު ކުރީ އަހުމަދު ތޯއިފް މުހަންމަދު އާއި ރާއިޒް މުހައްމަދުގެ ޕެއާއެވެ. އަންހެން ޑަބަލްސް ކާމިޔާބު ކުރީ ނަބާ އާއި ނަބީގެ ޕެއާވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖޫނިޔަރ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވި ބެޑްމިންޓަން މުބާރާތަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މި މުބާރާތުގައި އަތޮޅުތެރޭގެ ކުލަބުތަކުން ވެސް ބައިވެރިވިއެވެ.
މުބާރާތުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮއްދެއްވި އިރު މުބާރާތުގެ އެންމެ ފަހުން ކުޅެވުނު ފައިނަލް ދެމެޗް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ރާއްޖޭއަށް ކަނޑައަޅުއްވާފަވާ ބޭރު ގައުމުތަކުގެ ސަފީރުން ވަނީ ބައިވެރިވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި މި މުބާރާތުގެ، ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުންވެސް އޮތެވެ. އަދި، "ސްޕެޝަލް އޮލިމްޕިކްސް ސިންގަންލްސް" ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، މެޑެއްޔާއި ޓްރޮފީވެސް ވަނީ ދީފައެވެ.
ހަދުވަހަށް ކުޅިވަރު އެކުވެނީގަ ކުރިއަށްދިޔަ މުބާރާތުގައި ސެންޓްރަލް އޭޝިޔާ، އާސިޔާން އަދި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ކުޅުންތެރިންވަނީ ވާދަކޮއްފައެވެ. މުބާރާތުގައި ތިން ކެޓަގަރީއެއް އިތުރުން 6 އުމުރުފުރާއަކުން ވަނީ ވާދަކޮއްފައެވެ.
މުބާރާތުގައި މުޅިއެކު 735 މެޗު ކުޅެވުނު އިރު 30 އިވެންޓެއްގައި 347 ކުޅުންތެރިން ވަނީ ވާދަކޮއްފައެވެ.