ކޮޅިގަނޑެއްގައި މަރަދޫފޭދޫ ބައެއް ގެތަކަށް ގެއްލުންތަކެއް ވެއްޖެއެވެ.
މިކަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަރަދޫފޭދޫގެ ކައުންސިލަރު ޚާލިދާ މުޙައްމަދު ވިދާޅުވީ ގާތްގަނޑަކަށް މިއަދު ހެނދުނު 08:40 އެހާކަންހާއިރު ބާރު ވަޔާއެކު ވިއްސާރަ ވެހެންފެށިކަމަށެވެ. އަދި އެއާ އެކު އައި ކޮޅިގަނޑުގައި ރަށު ހިނަވާގޭ ފުރާޅު އެއްކޮށް އެއްލާލާފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.
މިއަދު އައްޑޫ ސިޓީ، މަރަދޫ ފޭދޫއަށް ކޮޅިގަނޑެއް އަރާ ގެއްލުން ލިބުނު 6 ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވިއެވެ.
.މިއަދު އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެެއްލުން ލިބުނު 6 ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން އެންޑީއެމްއޭ އިން ދަނީ ކުރަމުން pic.twitter.com/ayG7I5fCL1
— NDMA Maldives (@NDMAmv) September 8, 2025
ރަށަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށް ޚާލިދާ ވިދާޅުވިއެވެ. އަދި ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލްތައް އެނގޭނީ އޭގެ ފަހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.