ރާއްޖޭގެ އެންމެ މަގްބޫލް އަދި އެންމެ ވަރުގަދަ ޓީމުތަކާއި ކުޅުންތެރިން ފެނިގެންދާނެ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ދިވެހި ޕްރިމިއަރ ލީގުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ސޮއިކޮށްފިއެވެ.
ދިވެހި ޕްރިމިއާ ލީގު ކުރިޔަށްދާނީ 18 ސެޕްޓެމްބަރުން 5 ފެބުރުއަރީގެ ނިޔަލަށް ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
ރާއްޖޭގެ އެންމެ މޮޅު 10 ޓީމު ވާދަކުރާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކަށްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ދިރާގުން ފާހަގަކުރިއެވެ. ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ ވިދާޅުވީ ފުޓްބޯޅައަކީ ދިވެހިންގެ މެދުގައި އަބަދުވެސް އެންމެ މަގްބޫލު ކުޅިވަރުކަމަށްވާއިރު ފުޓްބޯޅައަށް އޮތް ލޯތްބާއި ފޯރި އަލުން އިޔާދަކޮށް ކުޅުންތެރިން ބިނާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް އެކުންފުނިން ބުނެއެވެ.
އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވީ ދިރާގަކީ ފެށުނީއްސުރެވެސް ދިވެހި ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖޭގައި ފުޓްބޯޅައިގެ ރޫހު އަލުން ދިރުވާ ކުޅުންތެރިންނާއި ކްލަބްތައް އިތުރަށް ތަރައްގީކޮށް ވާދަވެރި ޕްލެޓްފޯމްތައް ގާއިމްކޮށް ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިރާގުން ދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ދިރާގުން ދަނީ ރާއްޖޭގައި ކުޅިވަރު ތަރައްޤީކުރުމާއި މުޖުތަމައުގެތެރޭގައި ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ މުހިންމު ހަރަކާތަކަށް އެންމެ ކުރީސަފުގައި އެއްބާރުލުން ދެމުން އަންނަ ކުންފުންޏެކެވެ.