ކުޅިވަރު

ޑެމްބެލޭ އަށް 1380 ޕޮއިންޓް، ޔަމާލަށް 1059 ޕޮއިންޓް


ހުސްވި ސީޒަނުގައި ދެއްކި ކުޅުމަށް ބަލާފައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޮވައި ބަލަންޑޯ އެވޯޑް ދިނުމަށް ކުޅުންތެރިންނަށް މާކްސް ލިބުނު ގޮތް ފްރާންސް ފުޓްބޯލްއިން އާއްމުކޮށްފި އެވެ.

މި ގޮތުން ބަލަންޑޯ އެވޯޑް ހޯދި ފްރާންސާއި ޕްރިސް ސެންޓް ޖަމައިންގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭ އަށް ލިބުނީ 1380 ޕޮއިންޓެވެ. ދެ ވަނަ އަށް ދިޔަ ބާސެލޯނާ އާއި ސްޕޭނުގެ ފޯވަޑް އުމުރުން 18 އަހަރުގެ ލަމީން ޔަމާލަށް ލިބުނީ 1059 ޕޮއިންޓެވެ.

ތިން ވަނަ އަށް ދިޔައީ ޕީއެސްޖީގެ ވިޓީނިއާ އެވެ. އޭނާ އަށް ލިބުނީ 703 ޕޮއިންޓެވެ. ހަތަރު ވަނަ ހޯދި ލިވަޕޫލާއި މިސުރުގެ ފޯވަޑް މުހައްމަދު ސަލާހަށް ލިބުނީ 657 ޕޮއިންޓެވެ. ފަސް ވަނަ އަށް ދިޔައީ ބްރެޒިލާއި ބާސެލޯނާގެ ރަފީނިއާ އެވެ. އޭނާ އަށް 620 ޕޮއިންޓް ލިބުނެވެ.

އޭގެ ފަހަތުން އައި ކުޅުންތެރިންގެ ތެރެއިން ގަދަ 10ގައި ހިމެނުނު ކުޅުންތެރިންނަށް ޕޮއިންޓް ލިބުނު ގޮތް ތިރީގައި މިވަނީ އެވެ.

6. ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީ: 484 ޕޮއިންޓް
7. ރެއާލް މެޑްރިޑްގެ ފޯވަޑް ކީލިއަމް އެމްބާޕޭ: 378 ޕޮއިންޓް
8. ޗެލްސީގެ ފޯވަޑް ކޯލް ޕަލްމާ 211 ޕޮއިންޓް
9. ޕީއެސްޖީގެ ގޯލްކީޕަރު ޖިއާން ލުއިޖީ ޑޮންނަރޫމާ: 172 ޕޮއިންޓް
10 ނޫނޭމެންޑޭޒް 171 ޕޮއިންޓް

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ހޮވުނީ ބާސެލޯނާ އާއި ސްޕޭނުގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީ އެވެ. އޭނާ އަށް 506 ޕޮއިންޓް ލިބުނެވެ. ދެ ވަނަ އަށް ދިޔައީ އާސެނަލްގެ ސްޕޭން މިޑްފީލްޑަރު މަރިއޯނާ ކަލްޑޮންޓޭ އެވެ. އޭނާ އަށް ލިބުނީ 478 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔައީ އާސެނަލްގެ އިނގިރޭސި ފޯވަޑް އަލެސިއާ ރުސޯ އެވެ. އޭނާ އަށް ލިބުނީ 420 ޕޮއިންޓެވެ. ހަތަރު ވަނަ ހޯދީ ބާސެލޯނާގެ ކެޕްޓަން އަދި ސްޕޭނުގެ ވައިސް ކެޕްޓަން އެލެކްޒިއާ ޕުޓެޔާސް އެވެ.

މިހާތަނަށް ދެ ފަހަރު ބަލޮންޑޯ ހޯދާފައިވާ ކުޅުންތެރިޔާ އަށް މި ފަހަރު ލިސްޓުގެ ހަތަރު ވަނަ ލިބުނީ 388 ޕޮއިންޓާއެކުގަ އެވެ. ފަސް ވަނަ އަށް ދިޔައީ މެންޗެސްޓާ ސިޓީގެ ކޭލީ ކޯލް އެވެ. އޭނާ އަށް ލިބުނީ 233 ޕޮއިންޓެވެ.