މާލޭގެ ބާޒާރުމަތީ ޑޯން ކެފޭ ކައިރީގައި ހުންނަ ލިލީ އެފްއެންބީ ސަޕްލަޔާޒް 1 ބާޒާރު ފިހާރާގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
މިރޭ މެންދަރު ހިނގި މިޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފެށިކަމަށް އެފަރާތުން ވިދާޅުވެއެވެ.
ބާޒާރުމަތީ ޑޯން ކެފޭ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މި ރޭ 01:00ގައި. pic.twitter.com/aDvskhnzvV
— Maldives National Defence Force (@MNDF_Official) September 27, 2025
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މި ރޭ 01:00ގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެސަރަޙައްދުގައި ތިބި ޕީއެސްއެމް ނިއުސްގެ ނޫސްވެރިން ބުނާގޮތުގައި އަލިފާން ފެތުރުމުގެ ކުރިން ސިފައިންވަނީ އަލިފާން ކޮންޓްރޯލްކޮށްފައެވެ. މިތަނުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ. އެހެންނަމަވެސް މަންޒަރުދުށް މީހުން ބުނާގޮތުގައި ރޯފި ފިހާރައިގެ މާރުކޭޓާވީ ފަޅިން ދުންއަރަން ފެށުމާއެކު ބަޔަކު ސިފައިންނަށް ރިޕޯޓުކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
@psmnewsmv ލިލީ އެފްއެންބީ ސަޕްލަޔާޒް 1 ބާޒާރު ފިހާރާގައި އަލިފާން ރޯވުން https://psmnews.mv/165836
♬ original sound - psmnewsmv
މިރޭ މެންދަމު 2:40 ހާއިރު އެމްއެންޑީއެފުން ވަނީ މިއަލިފާން މުޅިން ކޮންޓްރޯލްކޮށްފައެވެ. އެހެންނަމަވެސް އެތަނުން ކޮންމެވެސްވަރަކަށް ދުން އަރަމުންދިޔައެވެ. ޑެގުއަޅައިގެން ހަދާފައިވާ މި ޢިމާރާތުގެ ޑެގުވަނީ އަލިފާން ރޯވުމުގެ ސަބަބުން މުޅިން ވެއްޓިފައެވެ.