ކުޅިވަރު

އެމްބާޕޭއަށްވެސް އަނިޔާވެއްޖެ


ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށްވެސް އެންމެ ފަހުން އަނިޔާގެ މައްސަލަ ދިމާވެއްޖެއެވެ.

ރެއާލް މެޑްރިޑްގެ ފޯވަޑަކަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި އަޒަރަބައިޖާން އަތުން ފްރާންސް މޮޅުވި މެޗުގަ އެވެ. މިހެންވެ މި މަހުގެ 14 ވަނަ ދުވަހު އައިސްލޭންޑާ ދެކޮޅަށް އޭނާ ލައްވައި ނުކުޅުވަން ފްރާންސުން ވަނީ ނިންމާފަ އެވެ.

އެމްބާޕޭ އަކީ ރެއާލް މެޑްރިޑުގައި މި ސީޒަނުގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އެވެ. މިހެންވެ އޭނާގެ އަނިޔާގެ ސަބަބުން އެންމެ ބޮޑަށް ކަންބޮޑުވެފައިވަނީ ވެސް ރެއާލް އެވެ. ކުލަބުން ވަނީ ވަގުތުން ކުޅުންތެރިޔާ އެކުލަބުގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ފަރުވާގެ ކަންކަން ކުރިއަށް ގެންދަން އިންތިޒާމްތައް ހަމަޖައްސައިފަ އެވެ.

އެމްބާޕޭ އަށް އަނިޔާވި ނަމަވެސް ފްރާންސްގެ ކޯޗު ޑިޑިއެ ޑެޝޯން ބުނެފައިވަނީ އައިސްލޭންޑް މެޗަށް އިތުރު ކުޅުންތެރިއަކު ޓީމަށް ނުގެންނާނެ ކަމަށެވެ.