ޚަބަރު

ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގެ އެއްވަނަ ސީއެޗްއެސްއީ އާއި ޣިޔާސުއްދީން ސުކޫލަށް


  • މި މުބާރާތުގައި ހަ ކެޓަގަރީއަކުން 365 ފެތުންތެރިން ވާދަކުރި

  • މުބާރާތް ކުރިޔަށް ދިޔައީ ހުޅުމާލެ މިނި ސްވިމިން ޕޫލުގަ

ގިނަ އަދަދެއްގެ ބައިވެރިންނާއެކު ނިންމާލި 21 ވަނަ ސުކޫލު ކުދިންގެ ފެތުމުގެ މުބާރާތް 2025ގެ ސީނިއާ ގުރޫޕްގެ އެއްވަނަ ސީއެޗްއެސްއީ، ހުޅުމާލެ އަދި ޖޫނިއާ ގްރޫޕުގެ އެއްވަނަ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުން ހޯދައިފިއެވެ.

މި މުބާރާތުގެ ސީނިއާ ގުރޫޕުން ފިރިހެން ކެޓަގަރީގެ އެއްވަނަ ސީއެޗްއެސްސީ ހުޅުމާލެ ސުކޫލުން ހޯދިއިރު ދެވަނަ ހޯދީ ކަލާފާނު ސުކޫލުންނެވެ. ތިންވަނަ ހޯދީ ސީއެޗްއެސްއީ މާލެ ސުކޫލުންނެވެ. ޖޫނިއާ ގުރޫޕުން އެއްވަނަ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުން ހޯދިއިރު ދެވަނަ ހޯދީ އިސްކަންދަރު ސުކޫލުންނެވެ. ތިންވަނަ ހޯދީ ފިންލޭންޑް އިންޓަނޭޝަނަލް ސުކޫލުންނެވެ.

ސީނިއާ އޭ ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުންނެވެ. ދެވަނަ ހޯދީ އިސްކަންދަރު ސުކޫލުންނެވެ. ތިންވަނަ ހޯދީ ސީއެޗްއެސްސީ މާލެ ސުކޫލުންނެވެ. ސީނިއާ އޭ ކެޓަގަރީގެ ފިރިހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ހޯދީ ސީއެޗްއެސްއީ ހުޅުމާލެ ސުކޫލުންނެވެ. ދެވަނަ ކަލާފާނުން ގެންދިޔައިރު ތިންވަނަ ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުންނެވެ.

ޖޫނިއާ އޭ ކެޓަގަރީގެ ފިރިހެން ފެތުންތެރިންގެ ބައިން އެއްވަނަ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުން ހޯދިއިރު ދެވަނަ ހޯދީ މަޖީދިއްޔާ ސުކޫލުންނެވެ. ތިންވަނަ ހޯދީ ރެހެންދި ސުކޫލުންނެވެ. ޖޫނިއާ އޭ ކެޓަގަރީން އަންހެން ފެތުންތެރިންގެ ބައިން އެއްވަނަ ޣިޔާސުއްދީނު ސުކޫލުން ހޯދިއިރު ދެވަނަ ހޯދީ އިސްކަންދަރު ސުކޫލުންނެވެ. ތިންވަނަ ހޯދީ ޖަމާލުއްދީން ސުކޫލުންނެވެ.

ޖޫނިއާ ބީ ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ އިސްކަންދަރު ސުކޫލުންނެވެ. ދެވަނަ ޣީޔާސުއްދީން ސުކޫލުން ހޯދިއިރު ތިންވަނަ ހޯދީ ފިންލޭންޑް އިންޓަނޭޝަނަލް ސުކޫލުންނެވެ. ޖޫނިއާ ބީ ކެޓަގަރީންގެ އަންހެން ބައިން އެއްވަނަ ހޯދީ ޖަމާލުއްދީން ސުކޫލުންނެވެ. ދެވަނަ ހޯދީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުންނެވެ. ތިންވަނަ ހޯދީ ތިން ވަނަ ހޯދީ ފިންލޭންޑް އިންޓަނޭޝަނަލް ސުކޫލުންނެވެ.

ސުކޫލު ކުދިންގެ ފެތުމުގެ މުބާރާތް ކުރިޔަށް ގެންދިޔައީ 11-16 އޮކްޓޫބަރުގެ ނިޔަލަށް ހުޅުމާލެ މިނި ސްޕޯޓްސް ކޮމްޕްލެކްސްގައެވެ. މިމުބާރާތުގައި 18 ސްކޫލަކުން ޖުމްލަ 365 ފެތުންތެރިން ވާދަކުރާނެއެވެ. އެއީ 142 އަންހެން ފެތުންތެރިންނާއި 223 ފިރިހެން ފެތުންތެރިންނެވެ.

މި މުބާރާތުގައި ހަ ކެޓަގަރީއަކުން އިވެންޓުތައް ކުރިއަށްދާނެއެވެ. އެއީ ޖޫނިއާ އޭ، ޖޫނިއާ ބީ، ސީނިއާ އޭ، އަދި ސީނިއާ ބީގެ އިތުރުން އެލީޓް އެތުލީޓްސް ވިތު ޑިސެބިލިޓީސް ކެޓެގެރީގެ އޭ އަދި ބީ ގެ އިވެންޓުތަކެވެ.

ބީއެމްއެލް 21 ވަނަ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތުގައި ވާދަކުރީ ސްކޫލްތަކަކީ އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ކަލާފާނު ސްކޫލް، ޣިޔާޘުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، ޞަލާހުއްދީން ސްކޫލް، ޣާޒީ ސްކޫލް، މަޖީދިއްޔާ ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ހުރަވީ ސްކޫލް، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، ސީއެޗްއެސްއީ މާލެ، ދަރުމަވަންތަ ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި ސީއެޗްއެސްއީ ހުޅުމާލެއެވެ.