 
										
			ހައިވޭގައި ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. 
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެއިން މާލެއަށް ހައިވޭއިން ދުއްވަމުން ދިޔަ ސައިކަލެއް، ލައިޓުގައި މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއްވެފައިވާ މައްސަލަ މިއަދު އިރުއޮއްސި 6:48 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވަން އިނީ، 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާއަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ. 
ފުލުހުން ވިދާޅުވީ، ސައިކަލު ދުއްވަން އިން މީހާގެ ބޯ ފަޅައިގެން ގޮސް އަތަށް އަނިޔާވެފައިވާ ކަމަށެވެ. 
މި މައްސަލަ ފުލުހުން ގެންދަނީ، ތަޙުޤީޤު ކުރަމުންނެވެ.