ޚަބަރު

އެމްއެސްއެމްއީ އެވޯޑްސް: ވޯޓްލުމަށް ކަނޑައަޅާފައިވާ ސުންގަޑި މިރޭ ހަމަވާނެ


އެމް.އެސް.އެމް.އީ އެވޯޑްސްގައި ޢާންމުންގެ ވޯޓުން ހޮވާ އެވޯޑުތަކުގެ ނޮމިނޭޝަންތަކަށް ވޯޓުލުމަށް ކަނޑައަޅާފައިވާ ސުންގަޑި މިރޭ ހަމަވާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025އަކީ ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.

އާއްމުންގެ ވޯޓަށް ހުޅުވާލާފައިވަނީ މި އެވޯޑަށް ހުޅުވާލާފައިވާ 7 ދާއިރާއަކުންނެވެ، މިދާއިރާތަކުގެ ތެރޭގައި އެގޮތުން ކާބޯތަކެތި އުފެއްދުމުގެ ދާއިރާއާއި، ލައިފް ސްޓައިލް ބްރޭންޑާއި، އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާއާއި، މުނިފޫހިފިލުވުމުގެ ދާއިރާއާއި، ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާއާއި، ފޮޓޯގްރެފީގެ ދާއިރާގެ އިތުރުން އެންމެ މަޤުބޫލު މާކެޓިންގ ފަރމް ހިމެނެއެވެ.

ކާބޯތަކެތި އުފެއްދުމުގެ ދާއިރާ

  • - މައި ކޭކްސް އެންޑް ސްވީޓްސް
  • - ޕަލާޓޯ
  • - ފުޑީސް
  • - ބާބާ ކާޑިޔާ
  • - މެރާކީ

ލައިފް ސްޓައިލް ބްރޭންޑް

  • - ޓްރޮޕިކަލް ޑިޒައިންސް
  • - ޝޮޕް އެޓް މަރީ
  • - އައިލެންޑް ޓަޗް މޯލްޑިވްސް
  • - ޓޮޑީ
  • - ބަސްކް

އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާ

  • - ފާތިމާ
  • - ލައިބާ
  • - ލިންކޯ
  • - މުނިކާ
  • - ފަލަކް

މުނިފޫހިފިލުވުމުގެ ދާއިރާ

  • - ޑިޓިއުން ބޭންޑް
  • - ސާދަތިރީސްއަށެއް

ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާ

  • - އޮއެވާލި އާޓް ޝޮޕް
  • - ބައިބީޒް
  • - މެކްރަމާ
  • - ލެވެލިއަރ
  • - އަބުޑީ މޯލްޑިވްސް

ފޮޓޯގްރެފީގެ ދާއިރާ

  • - އައިކެންޑީ
  • - ލައިޓްސް އައުޓް
  • - ސާރިމް ފޮޓޯސް

އެންމެ މަޤުބޫލު މާކެޓިންގ ފަރމް

  • - ލޫޕް ކްރާފްޓް
  • - ޕަބްލިސިޓީ ބިޔުރޯ
  • - އޯޕަން ސްކައި ގްރޫޕް

ޢާންމުންގެ ވޯޓަށް ހުޅުވާލާފައިވާ ދާއިރާތަކަށް ވޯޓުދިނުމަށް އެސް.އެމްއެސް ކުރުމުގެ ސުންގަޑިއަކީ މިރޭ 12:00ކަމަށް ބީސީސީން ވިދާޅުވިއެވެ.

މިބައިތަކުގެ އިތުރުން ފަނޑިޔާރުން ހޮވާ 13 ގިންތިއަކުންވެސް ވިޔަފާރިތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެދާއިރާތަކުން އިނާމަށް ހުށަހެޅުއްވި ފަރާތްތަކުގެ އިވެލުއޭޝަން މަރުޙަލާ މިހާރު ކުރިއަށްދާކަމަށް ބީސީސީން ވިދާޅުވިއެވެ.

މި އެވޯޑަކީ ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އައު ވިޔަފާރީގައި އިތުރު މާކެޓުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ދޭން ނިންމާފައިވާ އެވޯޑެއް ކަމަށް ބީސީސީން ވިދާޅުވިއެވެ. ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަކުރުމަށްޓަކައި ދެވޭ މި އެވޯޑުތަކަށް އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރަނގަޅު ތަރުޙީބެއް ލިބިފައިވެއެވެ.

"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" ގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާއެކު، ޤައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއަރުވައި މިސްރާބުކުރުމެވެ.