ޚަބަރު

ތަޢުލީމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ކުންފުނިތަކަށް


  • ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން ހިމެނޭ

  • އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރުން ހިމެނޭ

ތަޢުލީމީ ދާއިރާއިން 31 މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

ބަސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢޫތަކުގައި ސޮއިކޮށްފައިވަނީ ތަޢުލީމީ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި މަސައްކަތް ހަވާލު ކުރި ކުންފުނިތަކުގެ އިސްވެރިންނެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ކްލާސްރޫމްތައް ތަރައްޤީކުރުމާއި މަލްޓިޕާޕަސް ހޯލް ތަރައްޤީ ކުރުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރުމަށްވެސް އަމިއްލަ ކުންފުންޔަކާ ވަނީ ހަވާލުކޮށްފައެވެ.

ތައުލީމީ ދާއިރާގެ މަޝްރޫޢޫތައް:

1- އޭއައިޖީ އިންވެސްޓްމަންޓް: ރ. އުނގޫފާރު ސްކޫލްގައި 8 ކްލާސްރޫމް ތަރައްޤީކުރުން
2- އޭއައިޖީ އިންވެސްޓްމަންޓް: ތ. ކަނޑޫދޫ ސްކޫލްގެ ވަށާފާރު ރޭނުމާއި އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
3- އަލިތޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: ލ. ހިތަދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުންް
4- އަލިތޯ އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް: ރ. ރަސްގެތީމްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލު ތަރައްޤީކުރުން.
5- ސެންޓަލޭންޓް ޕްރައިވެޓް ލިމިޓެޑް: ށ. ފުނަދޫ ސްކޫލްގެ އެޑްމިން ބްލޮކް ޤާއިމްކުރުން
6- އިވޯކާ ޕްރައިވެޓް ލިމިޓެޑް: ލ. އިސްދޫ ސްކޫލްގައި 5 ކްލާސްރޫމް ތަރައްޤީކުރުން
7- އިވޯކާ ޕްރައިވެޓް ލިމިޓެޑް: 10 ސްކޫލްގައި ފުޓްސަލް ޓާފް އެޅުމުގެ މަސައްކަތް.
8- ފްލެކްސިންކް ޕްރިވެޓް ލިމިޓެޑް: ނ. ކުޑަފަރީ ސްކޫލްގައި ސައިންސް ލެބަކާއި 6 ކްލާސްރޫމް ތަރައްޤީކުރުން.
9- ފްލެކްސިންކް ޕްރިވެޓް ލިމިޓެޑް: ބ. ކުޑަރިކިލު ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.
10- ފްލެކްސިންކް ޕްރިވެޓް ލިމިޓެޑް: ތ. ދިޔަމިނގިލި ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.
11- ފްލެކްސިންކް ޕްރިވެޓް ލިމިޓެޑް: ރާއްޖެގެ 50 ސްކޫލްއެއްގައި މަރާމާތުކުރުމުގެ މަސައްކަތް ކުރުން.
12- ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ށ. ނަރުދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލްއާއި ކްލާސްރޫމް ތަރައްޤީކުރުން.
13- ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ވ. ފެލިދޫގައި ހުރި ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 4 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުން.
14- ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ތ. ކިނބިދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލްއާއި 4 ކްލާސްރޫމް ތަރައްޤީކުރުން.
15- ނޫފަރު އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑް: ކ. ހުރާ ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.
16- ނޫފަރު އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑް: ފ. މަގޫދޫ ސްކޫލްގައި ހޯލްއާއި ފެސިލިޓީސް ތަރައްޤީކުރުން
17- ނޫފަރު އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑް: ތ. ވަންދޫ ސްކޫލްގައި 5 ކްލާސްރޫމް ތަރައްޤީކުރުން.
18- އޮޕްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް: ހދ. ނެއްލާދޫގެ އައު ސްކޫލް އިމާރާތް ތަރައްޤީ ކުރުމުގެ މަސައްކަތް.
19- އޮޕްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް: ޅ. ނައިފަރު މަދަރުޞަތުލް އިފްތިތާޙްގައި 10 ކްލާސްރޫމްއާއި 2 ސައިންސް ލެބް ތަރައްޤީކުރުން.
20- ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅުގެ ސްކޫލްގެ އޮފީސް އިމާރާތް ތަރައްޤީކުރުން.
21- ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ނ. ވެލިދޫގައި ހުންނަ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 8 ކްލާސްރޫމްއާއި ލައިބްރަރީ ޤާއިމްކުރުން.
22- ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ދ. ބަނޑިދޫ ސްކޫލްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.
23- ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ގދ. ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގައި ސެން ކްލާސްރޫމް ތަރައްޤީކުރުން.
24- ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ރާއްޖޭގެ 15 ސްކޫލްއެއްގައި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުން.
25- ވަލީދު ކޮންސްޓްރަކްޝަން: އއ. މާޅޮހު ސްކޫލްގައި ކްލާސްރޫމްއާއި ސައިންސް ލެބް ތަރައްޤީކުރުން.

މަތީ ތަޢުލީމް ދެ މަރުކަޒުތައް ތަރައްޤީކުރުން.

26- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ށ. ފުނަދޫގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.
27- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ޅ. ނައިފަރުގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.
28- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ޅ. ހިންނަވަރުގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.
29- ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް: ތ ވޭމަންޑޫ: އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.

މި މަޝްރޫޢުތަކުގައި ސޮއިކޮށްފައިވަނީ އެކި ބެޗްތަކަށް ބަހާލައިގެންނެވެ.