ޚަބަރު

އިންޑިއާގެ ބޮޑު ވަޒީރުގެ ޚާއްސަ މަންދޫބު، ޚާރިޖީ ވަޒީީރާ ބައްދަލުކުރައްވައިފި


  • އިންޑިއާގެ ބޮޑުވަޒީރު ޙާއްސަ މަންދޫ ރާއްޖެ ވަޑައިގަތީ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ހުޅުވުމަށް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބު، އެޤައުމުގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ކިންޖަރަޕް ރާމް މޯހަން ނައިޑު، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވާފިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބެއް ގޮތުން އެ ޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ރާއްޖެ ވަޑައިގަންނަވާފައިވަނީ، އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެމަނިކުފާނާއި އެކު އިންޑިއާގެ އޮފިޝަލުންތަކެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޚާރިޖީ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި އިންޑިއާގެ ސިވިލްއެވިއޭޝަން މިނިސްޓަރަށް، ޚާރިޖީ ވަޒީރު ޑރ. ހަލީލް މަރުޚަބާ ދަންނަވާ، ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެެވެ. އަދި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ހަމީދު، ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު، އާއިޟަތު އަޒީމާ، ޖޮއިން ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.