ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ކުއާޓަރ ފައިނަލްގައި އަޒަރުބައިޖާނުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ. ރާއްޖޭގެ މައްޗަށް އަޒަރުބައިޖާންގެ ޕެއަރއިން ކުރި ހޯދީ ސީދާ 4 ގޭމުންނެވެ.
އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި އަޒަރުބައިޖާނާ ދެކޮޅަށް ކުޅުނު ފުރަތަމަ ޑަބަލްސް މެޗުގައި ކުޅުނީ ދީމާ އާއި ރަފާގެ ޕެއާއިންނެވެ. މި ގޭމުގެ ފުރަތަމަ ސެޓު ދީމާ އާއި ރަފާ ގެންދިޔަ ނަމަވެސް، ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށް އަޒަރުބައިޖާނުން ވަނީ ޓީމު އިވެންޓުގެ ފުރަތަމަ ޑަބަލްސް މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ކުޅުނު ޑަބަލްސް މެޗު އަޒަރުބައިޖާނުން ކާމިޔާބުކުރީ 4-11، 11-4 އަދި 11-9 އިންނެވެ.
މި މެޗުގެ ދެވަނަ ގޭމު ކަމަށްވާ ސިންގަލްސް މެޗުގައި ނިކުތީ އައިޝަތު އަލްސާ ނާފިޒެވެ. މި ގޭމު އަޒަރުބައިޖާނުން ގެންދިޔައީ 11-2، 11-4 އަދި 7-11 އިންނެވެ.
ކުއަޓަރ ފައިނަލްގެ ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި އަޒަރުބައިޖާންއާ ދެކޮޅަށް ރާއްޖެއިން ނިކުތީ ފާތިމަތު ދީމާ ޢަލީއެވެ. މި މެޗުގެ ސެޓުތައް އަޒަރުބައިޖާންގެ ޓީމުން ގެންދިޔައީ 11-2، 12-10 އިންނެވެ. ކުޅުން ރަގަނޅުކޮށް މި ގޭމުގެ ފަހު ސެޓު ދީމާ ކާމިޔާބުކުރީ 11-8 އިންނެވެ.
ޓީމު އިވެންޓުގެ ތިންވަނަ ސިންގަލްސްގައި އަޒަރުބައިޖާންއާ ދެކޮޅަށް ރާއްޖެއިން ނިކުތީ އައިޝަތު ރަފާ ނާޒިމެވެ. މި ގޭމު އަޒަރުބައިޖާނުން ގެންދިޔައީ 12-10، 11-9 އިންނެވެ. ރާއްޖޭގެ އަންހެން ޓީމަށް ޓީމު އިވެންޓުގައި 3 މެޗު ކުޅުނުއިރު، 1 މެޗު ކާމިޔާބުކޮށް، 2 މެޗުން ވަނީ ބަލިވެފައެވެ.