ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ރާވެރިޔާ ވޮލީ މުބާރާތުގެ ސަބަބުން އެ އަތޮޅުގައި އެކުވެރިކަމާއި އެއްބައިވަންތަކުގެ ރޫހު އާލާވެގެންގޮސްފިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ރާވެރިޔާ ވޮލީބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށްފަހު އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ. ހުވަދޫ ބަހުރުވައިން އެމަނިފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފަވަނީ އެރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންގެ ފަރާތުން ކީ ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާކަމަށެވެ. އަދި އެ އެމުބާރާތް ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގަންނަވަން ލިބުނު ފުރުސަތަކީ އަތޮޅުގެ ރައްޔިތުންނާ ވަރަށް ގާތުން ބައްދަލުކޮށްލިބުމަށް ލިބުނު ފުރުސަތަކަށްވާއިރު މިއީ އެމަނިފާނަށް ލިބިވަޑައިގެންނެވި އުފަލެއްކަމަށް ޓްވީޓްގައި އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ.
“ރާވެރިޔާ ވޮލީބޯޅަ މުބާރާތް 2025” ގެ ފައިނަލް މެޗާ ޝަރަފްެވެރިކޮށްދިނުމަށް ދިނެ ދަޢުވަތަށް ގއ.ނިލަންދުއަށް ގެޔަމައި އެރަޓުގެ ކުދެބޮޑެ އެންމެނެކީ މަރުޙަބާއަށް ވަރަށް ބޮޑަށް ޝުކުރެވެރިވެން. މި މުބާރާތޭ ފައިނަލް މެޗާ ޝަރަފްވެރި ކޮށްދީ އަތޮޅޭ ރައްޔިތުންނާ ގާތުން ބައްދަލެވުމައްކޫ… pic.twitter.com/a4RreW8ppJ
— Hussain Mohamed Latheef (@HucenSembe) November 11, 2025
އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން އެ އަތޮޅުގައި އެކުވެރިކަމުގެ ރޫހު އާލާވެގެންގޮސްފިކަމަށާ މިކަން ތާއަބަދަށް ދެމެހެއްޓުމަށް އެންމެންވެސް ގުޅިގެން މަސައްކަތްކޮށްދިނުމަށް އެމަނިފާނުވަނީ އަތޮޅުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.