ދުޅަހެޔޮ މުސްތަޤުބަލެއް ކަށަވަރުކުރުމަށްޓަކައި، ބޭނުން ކުރާ ބޭހަކީ އޭގެ އެންމެ ރަނގަޅު އަސަރުކުރާ ބޭސްކަން ޔަޤީން ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުއްޖެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް އެވެއަރނެސް ވީކް ފާހަގަކުރުމާއި ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޕޯސްޓުގައި ވިދާޅުވީ އެންޓިމައިކްރޯބިއަލް ރެސިސްޓެންސަކީ ޞިއްޙަތަށާއި ކާނާއަށް އަދި އިޤްތިޞާދަށްވެސް ހުރި ނުރައްކަލެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެސެޖްގައި، ދިވެހިރާއްޖެއިން ކުރިއަށް އޮތް 5 އަހަރަށް ތައްޔާރުކޮށް ތަންފީޒުކުރަމުންދާ، ޤައުމީ އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އެކްޝަން ޕްލޭންގެ ދެ އަމާޒުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
#AntimicrobialResistance is a silent threat to health, food & economies. The Maldives’ National Action Plan on #AMR (2024–2029) aims to:
— First Lady Sajidha Mohamed (@sajidhaamohamed) November 18, 2025
✅Use antibiotics responsibly
✅Support #OneHealth
Let’s #ActNow to keep medicines effective and secure a healthier future for all!#WAAW2025 pic.twitter.com/kvDHkkJwpo
މެޑަމް ސާޖިދާ ފާހަގަކުރެއްވި ދެއަމާޒަކީ އެންޓިބައޮޓިކް ބޭސް ޒިންމާދާރު ކަމާއެކު ބޭނުން ކުރުމަށާއި، ވަން ހެލްތައް އެއްބާރުލުން ދިނުމެވެ. ވަން ހެލްތަކީ، އެންމެންނަށްވެސް އެންމެ ރަނގަޅު ޞިއްޙީ ނަތީޖާތަކެއް ހޯދުމަށްޓަކައި އިންސާނުންނާއި ޖަނަވާރުތަކާއި ތިމާވެށީގެ ޞިއްޙަތުގެ ގުޅުން ދެނެގަނެ އެއްބާރުލުން ދޭ އުސޫލެކެވެ.
އެންޓި މައިކްރޯބިއަލް ރެސިސްޓެންސް ވީކް ފާހަގަކުރަނީ، ބަލި ޖެހޭ އެކި ޖަރާސީމުތަކަށް ބޭހުގެ އަސަރުކުރާ މިންވަރު ކުޑަވާގޮތަށް ބޭސް ބޭނުން ކުރުމާއި މެދު ހޭލުންތެރި ކުރުމަށެވެ. އދ. ސިއްޙަތު ޖަމްޢިއްޔާއިން މިހަފުތާ ފާހަގަކުރަނީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ބޭސް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ބާރު އެޅުމަށާއި މިކަމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށެވެ.