ޚަބަރު

40 އަހަރުގެ ޚިދުމަތަށްފަހު، ސޯސަން ފިހާރައިގެ ލޯގޯ ރީ ބްރޭންޑްކޮށްފި


  • ލޯގޯ ރީ ބްރޭންޑް ކޮށްދެއްވީ، ކުންފުނީގެ އިސްވެރިން

  • އެ ކުންފުނީގައި 90 އެއްހާ މުވައްޒަފުން މަސައްކަތް ކުރޭ

40 އަހަރުގެ ޚިދުމަތަށްފަހު، ސޯސަން ފިހާރައިގެ ލޯގޯ ރީ ބްރޭންޑް ކޮށްފިއެވެ.

ސޯސަން ފިހާރައިގެ ލޯގޯ ރީ ބްރޭންޑް ކުރީ، މިކަމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އައު ލޯގޯ އިފްތިތާޚް ކޮށްދެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަޙީދާއި، ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ ޢަބްދުލް ޙަމީދާއި، މުޙައްމަދު ވަޙީދު (ލާމް) އަދި ޢަބްދުﷲ ޙަމީދެވެ.

ސޯސަން ފިހާރައަކީ، މީގެ 40 އަހަރު ކުރިން ވުޖޫދަށް އައި ފިހާރައެކެވެ. މި ފިހާރައިގެ އައުޓްލެޓްތައް މިހާރު މާލެއާއި ހުޅުމާލޭގައިވެސް ހުރެއެވެ. 90 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ސޯސަން ކުންފުނިން މިހާރު މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށަށްވެސް ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ސޯސަން ފިހާރައިގެ ލޯގޯ ރީބްރޭންޑް ކުރުުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަަ ދައްކަވަމުން އެކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ވަހީދު (ލާމް) ވިދާޅުވީ، ފިހާރައިގެ ލޯގޯ ރީ ބްރޭންޑް ކުރުމާއެކު ފިހާރަތަކަށް އެތައް ގޮތަކުން ފައިދާކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

" އަޅުގަނޑުމެން މިރޭ މި ރީ ބްރޭންޑް ކުރީ ސޯސަންގެ ލޯގޯ. މިއީ، ރާއްޖޭގެ ބޮޑެތި ބައެއް އެހެން ކުންފުނިތަކުންވެސް ކުރަމުން އަންނަ ކަމެއް. ލޯގޯ ރީ ބްރޭންޑް ކުރެވިގެންދިއުމާއެކު ސޯސަންގެ ފިހާރަތަކަށް މުސްތަޤުބަލުގައި ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން. ލޯގޯ ރީ ބްރޭންޑް ކުރަން މި ނިންމި ނިންމުމަކީވެސް ކުންފުނި އިތުރަށް ފުޅާކުރުމަށް އަޅުގަނޑުމެން ނިންމި ނިންމުމެއް". މުޙައްމަދު ވަޙީދު ވިދާޅުވިއެވެ.

ސޯސަން ފިހާރައިގެ ލޯގޯ ރީ ބްރޭންޑް ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން ވަނީ، އެކުންފުނީގެ ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް، ދިގު މުއްދަތަކަށް އެ ކުންފުނީގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލައާއި ސެޓްފިކެޓް ޙަވާލުކޮށްފައެވެ.

އަދި ޕްރޮމޯޝަން ލިބުނު ބައެއް މުވައްޒަފުންނަށް ވަނީ، ސެޓްފިކެޓް ޙަވާލުކޮށްފައެވެ.