ޚަބަރު

މިނިސްޓަރ އަބްދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ


  • މޫނުދެއްކުމަށާއި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި

  • ވަޅުލުމަށް ހަމަޖެހިފައިވަނީ މަޣްރިބް ނަމާދަށް ފަހު

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޢައިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ ލޮބުވެތި މަންމާފުޅު ޝަރީފާ މުޙައްމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކުގައިކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައިވަނީ އެޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ މަންމާފުޅު ނިޔާވީ ޢުމުރުން 83 އަހަރުގައެވެ. މައްޔިތާގެ މޫނުދެއްކުމާއި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.

މައްޔިތާ ވަޅުލުމަށް ހަމަޖެހިފައިވަނީ މަޣްރިބް ނަމާދަށްފަހުގައެވެ.