ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 14 މީހަކު ކުރިމަތިލައިފި، މައްސަލަ ދިރާސާކުރަން ކޮމިޓީއަށް


  • މިހާރު ތިއްބެވި މެންބަރުންގެ ދައުރު މި މަހުގެ 29 އަށް ހަމަވާނެ

  • ޓެކްސް އެޕީލް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރާނެ

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ އެ ޓްރައިބިއުނަލްގެ 5 މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ. އެގޮތުން، އެ 5 މެންބަރުންގެ މަޤާމުގެ މުއްދަތު މި މަހުގެ 29އަށް ހަމަވާނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 5 މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެފަހަރު ހުޅުވާލިއެވެ. ފަހުން ހުޅުވާލި ފުރުޞަތު 14 މީހަކު ކުރިމަތިލާފައިވާތީ އެ ހުރިހާ އެންމެންގެ ނަންތައް ދިރާސާކޮށް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލި ފަރާތްތައް:

• އަހުމަދު ޔާމީން، ބީޗް ކޯނަރ/ ގދ. ގައްދޫ
• އަލްއުސްތާޛާ ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ ގއ. ނިލަންދޫ
• އަލްއުސްތާޛާ އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
• އަލްއުސްތާޛާ އުސާމާ މޫސާ، ޗަމަން/ ށ. ކޮމަންޑޫ
• ހަސަން ނާސިޙް އަހުމަދު، މާވަހި/ ސ.ހިތަދޫ
• އަލްއުތާޛް އިބްރާހިމް އަފީފް، ގުލްބަހާރުގެ/ ބ. ތުޅާދޫ
• ހަސަން ޒުހައިރު މުހައްމަދު، ގ.މާވާރުލު
• އަލްއުސްތާޛާ ޝައުފާ އިބްރާހިމް، އަކިރިވިލާ/ ދ. މީދޫ
• މުޙައްމަދު ވަހީދު އަލީ، ދަފްތަރު ނަންބަރު ރސ.4095
• މުޙައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި
• އައިމިނަތު ޝާދިޔާ, މ.ޕިސްތާގެ
• އަލްއުސްތާޛް އިބްރާހިމް ޝަރީފް، ގ. އަލިޝާ
• އަލްއުސްތާޛް މުޙައްމަދު އަމީން ޒާހިރު، ނީލާ/ ސ. ހިތަދޫ
• މުޙައްމަދު އަބާން އިބްރާހިމް، ގ. އަންމޯލް

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.