ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެއިދާރާއިން ވިދާޅުވީ މިިހާރުކުރާ ވިއްސާރައަކީ ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ސިސްޓަމެއްގެ ސަބަބުން ލޯ ޕްރެޝަރ އިތުރަށް ބާރު ގަދަވެ ކޮޅިގަނޑަކަށް ބަދަލުވުމުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ.
މިވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށާއި، ވިލާގަނޑުގައި ކަނޑުތައް ގަދަވެ ވައި ބާރުވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން އެހާ ގޯސްނުވާނެކަަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން އަލިވާން ފަށާނީ ޑިސެމްބަރު 1އިން ފެށިގެންކަމަށެވެ. ނަމަވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މިމަހުގެ 29 އިން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.