ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމީހާ ކަނޑަށް ވެއްޓިފައިވަނީ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން ކަމަށް އެނގިފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ އަދި އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާރޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.
ކޯސްޓްގާރޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެ ދުވަހު 13:32 އެހައިކަންހާއިރު ކަމާށް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށެވެ. މަރުވެފައި އޮތްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) އެވެ.
ފުލުހުން ދަނީ މިހާރު މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ.