ޚަބަރު

އިންޖީނު ހުއްޓި އޮޔާދިޔަ ދޯންޏެއް ހޯދައި، އޭގައި ތިބި މީހުން ސަލާމަތްކޮށްފި


  • އިންޖީނު ހުއްޓި އޮޔާދިޔައީ ފުވައްމުލަކަށް ނިސްބަތްވާ "ސަވާރީ" ދޯނި

  • އޭގައި ތިބި 10 މީހުން ފުލުހުން ވަނީ ސަލާމަތްކޮށްފައި

  • އެންމެންގެ ޙާލުވެސް ރަނގަޅު

އިންޖީނު ހުއްޓި އޮޔާދިޔަ ދޯންޏެއް ހޯދައި، އޭގައި ތިބި މީހުން ފުލުހުން ސަލާމަތްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުވައްމުލައް ސިޓީން މަަސްބާނަން ނިކުމެ އުޅުނު "ސަވާރީ" ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު މިއަދު 15:50 ހާއިރު ލިބިފައިވާކަމަށެވެ.

މިކަމުގެ މަޢުލޫމާތު ފުވައްމުލައް ސިޓީ ޕޮލިހަށް ލިބުމާއެކު ފުލުހުން އެ ސަރަޙައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ފުލުހުންގެ ލޯންޗުގައި ފުވައްމުލަކަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެ މީހުންގެ ތެރޭގައި 7 އަންހެނުންނާއި ކުޑަކުއްޖެއް ހިމެނެއެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، އޮޔާދިޔަ ސަވާރީ ދޯނި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު މިހާރު ފުވައްމުލަކަށް ގެނެސްފައިވާކަމަށެވެ.