ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސިލްސިލާކޮށް ރައްޔިތުންނާއެކު ބާއްވަމުންގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުން މިރޭ އޮންނާނެއެވެ.
މިބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، މިރޭ 20:30 ގައި ފުރަތަމަ ފިޔަވަހީގައި ހުންނަ ރެހެންދި ސްކޫލްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާ އަދި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ސިލްސިލާ ބައްދަލުކުރެއްވުންތަކެއް ބާއްވަވަމުންނެވެ.
މިބައްދަލުކުރެއްވުމަށް ސަރުކާރުން ވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއެކު ބާއްވަމުންގެންދަވާ ބައްދަލުކުރެއްވުމުގައި ދަނީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ކަމާ ގުޅުންހުރި މުވައްސަސާތައް މެދުވެރިކުރައްވާ އެކަންކަމަށް ހައްލު ގެނެސްދެއްވަމުންނެވެ. ރައީސް ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކަކީ ކާމިޔާބު ބައްދަލުކުރެއްވުންތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.