ޚަބަރު

ރާއްޖެއަށް ޒިޔާރަތް ކުރި %58.7 ފަތުރުވެރިން އައީ ވިލާތުން


  • އެއީ 1.1 މިލިޔަން ފަތުރުވެރިން

  • އެންމެ ގިނައިން ޒިޔާރަތް ކުރީ ރަޝިޔާ ފަތުރުވެރިން

މިއަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ބޮޑު ބައެއް ހިއްސާކުރަނީ ވިލާތުގެ ޤައުމުތަކުން ރާއްޖެއަށް އައި ފަތުރުވެރިން ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން %58.7 އަކީ ވިލާތުގެ ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން 1.1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ވިލާތުގެ ޤައުމުތަކުންނެވެ. އެއީ، ރާއްޖެ އައި ފަތުރުވެރިންގެ %58.7 އެވެ.

ވިލާތުގެ ސަރަހައްދުތަކުގެ ތެރެއިން މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ސަރަހައްދުތައް:

* މެދުތެރޭ އަދި އިރުމަތީ ވިލާތުގެ ޤައުމުތަކުން: 427،788 ފަތުރުވެރިން
* ހުޅަނގު ވިލާތުގެ ޤައުމުތަކުން: 297،161 ފަތުރުވެރިން
* ދެކުނު ވިލާތުގެ ޤައުމުތަކުން: 223،871 ފަތުރުވެރިން
* އުތުރު ވިލާތުގެ ޤައުމުތަކުން: 217،021 ފަތުރުވެރިން
* އިރުމަތީ މެޑިޓަރޭނިއަން ވިލާތުގެ ޤައުމުތަކުން: 20،555 ފަތުރުވެރިން

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ވަކިވަކި ޤައުމުތަކަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:

* ރަޝިއާ: 253،835 ފަތުރުވެރިން
* އިނގިރޭސިވިލާތް: 181،301 ފަތުރުވެރިން
* ޖަރުމަނުވިލާތް: 152،739 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ވިލާތުގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ވަނީ %10.6 އިތުރުވެފައެވެ.