ޚަބަރު

"މި ޒައާމަތުގައި ޕީއެސްއެމްގެ ޗެނަލްތަކަށް ތަަރައްޤީއާއި ކުރިއެރުން އަންނާނެ"


  • މީޑިއާ ތަރައްގީކުރުމަށް ރައީސްގެ ތަސައްވުރެއް އޮތްކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ޕީއެސްއެމްގެ ކުޑައިގެ ދަށުގައިވާ ހުރިހާ ޗެނަލްތަކަށް ތަރައްޤީ އަންނާނެކަން ޔަގީންކުރައްވާކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވެއްޖެއެވެ.

އެމްޑީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވާހާއި ގުޅިގެން ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ ދިވެހިރާއްޖޭގެ އަޑަށް 63 އަހަރު ފުރި 64 ވަނަ އަހަރު ގުނަން ފަށާއިރު ފޮނި އުންމީދުތަކެއް އެބަހުރިކަމަށެވެ. އެގޮތުން މީޑިއާއި ހަބަރު ފަތުރާ ވަސީލައްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ތަސައްވުރެއް އެބައޮތްކަމަށް ޝަކީބް ވިދާޅުވިއެވެ.

ޝަކީބް ވިދާޅުވީ މިހާރުވެސް މީޑިއާއި ހަބަރު ފަތުރާ ވަސީލައްތައް ތަރައްޤީކުރުމަށް ރައީސް ކުރައްވާ މަސައްކަތަކީ ޝުކުރު ހައްޤު މަސައްކަތެއްކަމަށެވެ. އަދި އެމަނިކުފާނުގެ ޒާމަތުގައި ޕީއެސްއެމްގެ އެކި ގުނަންތަކަށް ކުރިއެރުން އަނާނެކަމަށް ޤަބޫލްކުރައްވާކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ މީޑިއާ ހަބަރު ފަތުރާއި ވަސީލައްތައް ތަރައްޤީކުރެއްވުމަށްޓަކައި މިހާތަނަށްވެސް ކޮށްދެއްވާފައިވާ މަސައްކަތަކީ ޝުކުރުވެރިކަމާއެކު ފާހަގަކުރަން ޖެހޭނެކަމެއް. ރައީސްގެ ތަސައްވުރާއެކީފައި ކުރިއަށް އޮތްތަނުގައިވެސް އެހީތެރިކަން ލިބޭކަމަށް އުމްނީދުކުރަން. އެމަނިކުފާނު ޒާމާއަތުގައި ޕީއެސްއެމްގެ ކުޑައިގެ ހިޔާވަހިކަމުގެ ދަށުގައި ހުރި މުވައްސަސާތަކަށް ތަރައްޤީއަންނާނެކަމަށް ޔަޤީންކުރަން. އެފޮނި އުންމީދު ކުރާހާލު ޝުކުރުދައްނަވަން" އެމްޑީ ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވަނީ މިކުރާ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން ދަނެ، ޤައުމިއްޔަތުގެ ބަހާތަކަށް އިސްކަންދީ، ދީނާއި ބަހާއި ސަޤާފަތާއި އަދި ދިވެހިވަންތަކަމަށް އިސްކަންދީގެން ޤައުމު ބިނާކުރުމުގެ މަސައްކަތާއިގެން ކުރިއަށް ދިޔުމަށް އެމްޑީ ވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހުގެ ހަފްލާފައި ވަނީ ކުޑަކުދިންގެ ހަބަރު ކިޔުމުގެ މުބާރާތުގެ ނަތީޖާ އިއުލާންކުރުމާއި އަޑުގެ އަހަރީ އުފާ މަދަހަ މުބާރާތުގެ ނަތީޖާ އިއުލާންކޮށްފައެވެ. މީގެ އިތުރުން އެހުންތެރިންގެ އެންމެ މަޤުބޫލު ޕްރެސެންޓަރވެސް ވަނީ ހޮވާފައެވެ.