ޚަބަރު

ޕެނަލްޓީ ޖަހައިގެން ނައިޖީރިއާ ބަލިކޮށް މޮރޮކޯ ފައިނަލަށް


މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ސެމީ ފައިނަލުގައި ރޭ ނައިޖީރިއާ އާއި ދެކޮޅަށް މޮރޮކޯ ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާ އަކުން ނައިޖީރިއާ ބަލިކޮށް މޮރޮކޯ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

މޮރޮކޯގެ ރަބަތް ގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާތީ މެޗުގެ އިތުރު ވަގުތުގެ ތިރީސް މިނިޓު ކުޅުނު ނަމަވެސް މި ވަގުތުގައި ވެސް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.

މި މެޗު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ބަލާއިރު ބޮޑަށް އިސްކަން ދީފައިވަނީ ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކުޅެފައިވާ ތަނެވެ.

ނައިޖީރިއާ އިން މި މެޗުގައި ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މޮރޮކޯގެ ތަޖުރިބާކާރު ގޯލުކީޕަރު ޔަސީން ބޯނޯ ވަނި މަތަކޮށްފަ އެވެ.

މޮރޮކޯ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަމްޒާ އިގަމާނޭ ޖެހި ޕެނަލްޓީ ނާކާމިޔާބު ވެފައިވާއިރު މޮރޮކޯ މޮޅުވި ޕެނަލްޓީ އެ ގައުމަށް ކާމިޔާބު ކޮށްދީފައިވަނީ ޔޫސުފް އެންނެސީރީ އެވެ.

މި މުބާރާތުގެ ފައިނަލުގައި މޮރޮކޯ އާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ނިކުންނާނީ ސެނެގާލް އެވެ.