ޚަބަރު

ރަޝިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި


  • ޢަބްދުލްލަޠީފް މިވަގުތު ހުންނެވީ ތުރުކީވިލާތުގައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައި

ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސްއަށް އަރުވައިފިއެވެ.

ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް، ވްލަޑިމިއަރ ޕުޓިންއަށް އެރުވީ މިކަމަށްޓަކައި މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރަޝިއާގެ ރައީސްއަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޢައްޔަން ކުރެއްވީ 11 މާރޗު 2025 ގައެވެ. ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް މިހާރު ހުންނެވީ، ތުރުކީވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ.