ޚަބަރު

މިނާގައި ހިނގި އަލިފާނުގެ ހާދިސާގައި ދިވެއްސަކަށް އަނިޔާއެއް ނުވޭ


މިނާގައި ދިވެހި ޙައްޖާޖީން ތިބި ފޭލިގެއެއްގެ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިހާދިސާ ހިނގާފައިވަނީ ދިވެހި ޙައްޖާޖީން ތިބި ފޭލިގެއެއްގެ ކުރިމަތީގައި ހުރި، އިންޑިޔާގެ ބަޔަކު ތިބި ފޭލިގެއެއްގައެވެ. މިހާތަނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފޭލިގޭގައި ހަރުކޮށްފައިވާ އޭސީގައި ކަރަންޓް ޝޯޓްސަރކިޓްވެގެންނެވެ.