ޚަބަރު

އދގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވާ ދިވެހި ވަފްދު ނިއުޔޯކަށް


އދ ގެ 71 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ނިއުޔޯކަށްފުރާވަޑައިގެންފިއެވެ.

71 ވަނަ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައިބައިވެރިވާ ދިވެހި ވަފްދުގެ އިސް ބޭފުޅެއްގެ ގޮތުގައިވެސް ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓަރ ޑރ.އާސިމް އެވެ.

މި ދަތުރުފުޅުގައި، މި މަހުގެ 24 ވަނަ ދުވަހު ބާއްވާ އދގެ 71ވަނަ ޖެނެރަލްއެސެމްބްލީގެ ބައްދަލުވުމުގައި، ދިވެހި ރާއްޖޭގެ ފަރާތުން ފޮރިންމިނިސްޓަރ ޑރ.މުޙައްމަދު އާސިމް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިންމިނިސްޓްރީން ހާމަކުރައްވައެވެ.

އދ ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި، މޫސުމަށްއަންނަ ބަދަލުތަކާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރާނެ ގޮތްތަކާއި،ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާނެ ގޮތްތަކާއި އަދި އިޔާދަކުރަނިވިހަކަތައާއި، ޖިންސީ ތަފާތުކުރުންތައް ނައްތާލުމާއި އަންހެނުންނަށް ކުރާއަނިޔާއާއި، ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި، ކުށް މަދުކުރުމާއި، ކުށްވެރިންގެޙައްޤުތައްފަދަ މުހިންމު ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.