ޚަބަރު

ޠައިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި ރޯވެ އަނދަނީ


  • ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައި

  • އެމްއެންޑީއެފްއިން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން

މާފަންނުގައި ހުރި ގުދަނެއްގައި ރޯދެ އަދަމުންދާ ކަމަށާއި، އަލިފާން ނިއްވާލުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ޕްރައިމް ކިޔާ ގުދަނެއްގައެވެ. މިއީ ޠައިބާ މިސްކިތް ގާތު ހުންނަ އިލެކްޝަންސް ކޮމިޝަނުުގެ އިންތިޚާބާ ބެހޭ މަރިކަޒުގެ ކައިރީގައި ހުރި ގުދަނެއްގައެވެ. މި ޙާދިސާ ހިނގި ސަރަޙައްދުގައި ސިފައިންނާއި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުދަނުގައި ވަރަށް ބޮޑަށް ރޯވެ އަދަމުންދާ ކަމަށް ސޯޝަލް މީޑިއާގައި މިހާރު އާންމުވަމުންދާ ވީޑިއޯއިން ފެނެއެވެ. އަދި އެއްޗިހި ގޮވާ އަޑުވެސް އިވެމުންދާކަމަށް އެ ހިސާބުގައި ތިބި މީހުން ބުނެއެވެ.

އިތުރު ތަފްސީލު އަންނަނީ....