ޚަބަރު

ރާއްޖޭގެ ޤައުމީ ޓީމު ނަސަންދުރައިގައި ކޭމްޕް ކޮށްފި


  • ދިވެހި ޓީމު ނަސަންދުރައިގައި ކޭމްޕްކުރީ މިއަދު މެންދުރު

  • ފުރަތަމަ ނިކުންނާނީ ހޯމަ ދުވަހުގެ ރޭ ސްރީލަންކާއާއި ދެކޮޅަށް

20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހިރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ބާސެލޯ ނަސަންދުރައިގައި ކޭމްޕްކޮށްފިއެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ރާއްޖެ، ސްރީލަންކާ، ބަންގްލަދޭޝް އ، ނޭޕާލް އަދި ބޫޓާން ޓީމު މިހާރުވަނީ ނަސަންދުރައިގައި ކޭމްޕްކޮށްފައެވެ.

މިއަހަރު މުބާރާތް ރާއްޖޭގައި ބާއްވާއިރު ރާއްޖޭގެ ޒުވާން ޓީމުން މިއަހަރު މުބާރާތާއި ކުރިމަތިލަނީ ވަރަށް އުންމީދާއެކު ތަފާތު މޮޅު ކުޅުމެއް ދެއްކުމުގެ އަޒުމުގައެވެ.

މި އުމުރު ފުރާގެ ސާފްގެ ތަށި ރާއްޖެއަށް ހޯދައިދިނުމަށް ނިކުންނަ މި ޓީމުގެ ހެޑްކޯޗަކި އިސްޓަވާން އުރުބާނީއެވެ. އެސިސްޓެންޓް ކޯޗަކީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. ގޯލް ކީޕަރު ޓްރޭނަރަކީ އިމްރާން މުހައްމަދެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ ސިންގަޕޫރުގައި ކޭމްޕްކޮށް އެގައުމުގެ 17 އހަަރުން ދަށުގެ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗު ކުލެފައެވެ. އަދި މާލޭގައި ބޭއްވި ޓްރޭނިންގ ކޭމްޕްތަކަށްފަހު ޓީމު އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ.

ގައުމީ ޓީމުގެ އެދުމަކީ ވީހާވެސް ގިނަ ސަޕޯޓަރުން ރާއްޖެ ކުޅޭ ހުރިހާ މެޗުތަކެއްގައިވެސް ބައިވެރިވެ ޓީމަށް ހިތްވަރު ދިނުމެވެ. މާޗް 23 ން އޭޕްރީލް 03 އަށް ގަލޮޅު ރަސްމީ ބޯލަދަނޑުގައި އޮންނަ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ނޭޕާލް، ބޫޓާން، އަދި ސްރީލަންކާއެވެ.

ރާއްޖެއިން މުބާރާތުގައި ފުރަތަމަ ނިކުންނާނީ މުބާރާތް ހުޅުވާ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ ސްރީލަންކާއާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ރާއްޖެ ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. އަދި އެންމެ ފަހުގެ ރަނަރަޕް ނޭޕާލާއި ދެކޮޅަސް ރާއްކެ ނިކުންނާނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރެއެވެ.